ނޮވެމްބަރުން ފެށިގެން ކުރު މުއްދަތަށް ރާއްޖެއިން ތައިލެންޑަށް ދަތުރުކުރެވޭ އުސޫލު އާއްމުކޮށްފި
މި ފެށޭ ނޮވެމްބަރު މަހުން ފެށިގެން ކުރު މުއްދަތަށް ރާއްޖެއިން ތައިލެންޑަށް ދަތުރުކުރެވޭ "ސޭންޑް ބޮކްސް" އުސޫލު އާއްމުކޮށްފިއެވެ. ތައިލެންޑްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން ބުނެފައިވަނީ، ކޮވިޑް19 އާއި ގުޅިގެން ތައިލެންޑަށް އެތެރެވުމަށް ތައި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް 1 ނޮވެމްބަރުން ފެށިގެން ލުއިތަކެއް ދިނުމަށް ތައި ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެގޮތުން ނޮވެމްބަރު އެކަކުން ފެށިގެން ސޭންޑް ބޮކްސް ސްކީމްގެ ދަށުން ދިވެހިރާއްޖެއިން ތައިލެންޑަށް ކުރު މުއްދަތަށް ދަތުރުކުރުމަށް ކަނޑައަޅާފައިވާ އުސޫލު ވަނީ އާއްމުކޮށްފައެވެ. މި…