މޫސުން ގޯސްވެ ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފި
ރާއްޖެއަށް މިވަގުތު ކުރިމަތިވެފައިވާ ވިއްސާރައާ ގުޅިގެން، މޫސުމާބެހޭ ޤައުމީ އިދާރާއިން ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފައިވެއެވެ. މި ސަމާލުގައި ހިމެނެނީ ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ހުރި ސަރަހައްދުތަކެވެ. އަދި މި ސަމާލު ދެމިއޮންނާނީ މިއަދުގެ 17:00 ގެ ނިޔަލަށެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރާ ގޮތުގައި، ހުދު ސަމާލުގެ މުއްދަތުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ގުގުރުމާއެކު ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެގެންދާނެއެވެ. ރާއްޖެއަށް މިދިޔަ ބުރާސްފަތި ދުވަހުން…









