އެސްޓީއޯ މެދުވެރިކޮށް ވިޔަފާރިވެރިންނަށް ކާށި އެތެރެކޮށްދެނީ
ބާޒާރުގެ އަގުތައް ތިރިކުރުމަށްޓަކައި ވިޔަފާރިވެރިންނަށް ބޭނުންވާ މިންވަރަށް ކާށި އިމްޕޯޓްކޮށްދިނުމަށް ނިންމައި، ކާށީގެ ސްޓޮކް ބުކްކުރުމުގެ ފުރުޞަތު އެސްޓީއޯ އިން ހޯލްސޭލަރުންނަށް ހުޅުވާލައިފިއެވެ. މިކަމުގެ ބޭނުމަކީ ރާއްޖޭގެ ބާޒާރަށް މިވަގުތު ބޭނުންވެފައިވާ ކާށީގެ ޖުމްލަ ޑިމާންޑް ދެނެގަނެ، އެއާ އެކަށޭނަ މިންވަރަށް ސަޕްލައި އިތުރުކުރުން ކަމަށް އެސްޓީއޯ އިން މައުލޫމާތުދެއެވެ. ކާށީގެ ސްޓޮކް ހޯއްދަން ޝައުޤުވެރިވާ ހޯލްސޭލް ވިޔަފާރިވެރިންނަށް، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ 3012575 ނަންބަރަށް ގުޅައިގެން އަދި މީގެ އިތުރުން 7291124 އަށް ވައިބަރ މެސެޖް…