ހިންގުން އަވަސްކުރެވޭނީ ސިޔާސީ މުވައްޒަފުންނާ ސިވިލް ސާވަންޓުން ގުޅިގެން: ރައީސް
ސަރުކާރުގެ ސިޔާސަތުތައް ވީހާ އަވަހަކަށް އަދި ފަސޭހައިން ތަންފީޒު ކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށާއި އެ ކަން އެންމެ ފުރިހަމައަށް ކުރެވޭނީ، ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، ސިވިލް ސަރވިސް މުވައްޒަފުން މިހާރަށްވުރެ ބޮޑަށް ގުޅިގެން މަސައްކަތް ކޮށްގެންކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ. ރައީސް މިފަދައިން ވިދާޅުވީ ހިންގުމުގެ ދާއިރާގެ އިސް މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތް…