ސެޕްޓެމްބަރުގެ ކުރިން ހުރިހާ ސްކޫލެއްގެ ކްލާސްތައް އޭސީކޮށް ނިންމަނީ
މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރިން ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގެ ކްލާސްރޫމްތައް އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އެއާ ކޮންޑިޝަން (އޭސީ)ކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްރާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، އެ މަނިކުފާނު މިހާރު ރ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ހުޅުދުއްފާރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް މުއިއްޒު ވިދާޅުވީ، ހިތްހަމަޖެހޭ މާހައުލެއްގައި ހޫނުގަދަ ރަށްރަށް އެއާކޯންކޮށް، ފިނިކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށް…