ތެރަޕީނަގަން ދިޔަ ހާއްސައެހީއަށް ބޭނުންވާ ކުއްޖަކަށް އަނިޔާކުރި މައްސަލައިގަ ދެމީހަކު ހައްޔަރުކޮށްފި
ހާއްސައެހީއަށް ބޭނުންވާ ކުއްޖަކަށް އަނިޔާކުރި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. ހުޅުމާލޭގައި ހުންނަ ކްލިނިކަކުން ތެރަޕީ ނަގަން ދިޔަ ހާއްސައެހީއަށް ބޭނުންވާ ކުޑަކުއްޖަކަށް ޖިސްމާނީ ގޮތުން އަނިޔާ ކޮށްފައިވާ މައްސަލައިގައި އިންޑިއާގެ ދެ އަންހެން މުވައްޒަފަކު ހައްޔަރުކޮށްފައިވާ ކަމަށާއި އަދި އެމީހުންނަށް ކޯޓުން ބަންދުކުރުމަށް އަމުރުކޮށް މުއްދަތު ޖަހާފައިވާ ކަމަށްވެސް ގުލުހުން ވަނީ ބުނެފައެވެ. ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ރަޖެޝްވަރީ ސިވަކުމާރު އާއި 24 އަހަރުގެ އެޝާ އެންޓޮނެޓްއެވެ.…









