އަލިފުށީގައި އެއާޕޯޓު ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
ރ. އަލިފުށީގައި އެއާޕޯޓެއް އެޅުމަށް އެމްޓީސީސީއާއި މިއަދު ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
ރ. އަލިފުށީގައި އެއާޕޯޓެއް އެޅުމަށް އެމްޓީސީސީއާއި މިއަދު ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
ކްރިއޭޓިވް އާރޓް މާއްދާ ގްރޭޑް 1ގެ ދަރިވަރުންނަށް ކިޔަވައިދިނުމުގައި ދަރިވަރުންގެ ފޮތެއް ނޯންނާނެ ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނެފިއެވެ. އެ މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ގްރޭޑް 1ގެ މުގައްރަރުތައް އިސްލާހުކޮށްފައިވާތީ 2021 ގެ ދިރާސީ އަހަރު ގްރޭޑް 1 ގައި ކިޔަވައިދިނުމަށް ހަމަޖެހިފައި ވަނީ، ގެނެވުނު އިސްލާހާ އެއްގޮތަށް ތައްޔާރުކޮށްފައިވާ އާ ފޮތް ބަޔަކުންނެވެ. އެގޮތުން މި ހިނގާ ދިރާސީ އަހަރާއި، ކުރިއަށް އޮތް އަހަރުތަކުގަިއވެސް ގްރޭޑް 1 ގައި ކިޔަވާ ދަރިވަރުންނަށް ކްރިއޭޓިވް…
ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ނަންގަވައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ހިދުމަތް ކުރައްވަނީ އެހެން ތަނަކަށް ކަމަށް ކުޜިގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުަމދު ވިދާޅުވެއްޖެއެވެ. އާންމު މަޖިލީހުގެ ރިޔާސަތާއި ހަވަލުވެވަޑައިގަތުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، އެމެރިކާގެ ނިއުޔޯކަށް ވަޑައިގަތީ މިމަހުގެ 29 ވަނަ ދުވަހުއެވެ. ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަބްދުﷲ ޝާހިދު ޒިންމާ އަދާ ކުރައްވަނީ ކޮންގޮތަކަށް ކަމާމެދު ސުވާލު އުފައްދަވާފައެވެ. އަދި މިހާރު ޝާހިދު ހުންނެވީ…
މާލެ ސަރަހައްދުން އާދިއްތަ ދުވަހު ދެވަނަ ޑޯޒް ޖެހީ 189 މީހުން ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އެގޮތުން މުޅި ރާއްޖެއިން އިއްޔެ ދެވަނަ ޑޯޒް ޖެހީ 334 މީހުންނެވެ. މީގެ ތެރޭގައި ހިމެނެނީ އަތޮޅު ތެރެއިން ދެވަނަ ޑޯޒް ޖެހި 145 މީހުންނާއި މާލެ ސަރަހައްދުން ދެ ވަނަ ޑޯޒް ޖެހި 189 މީހުންނެވެ. އާދިއްތަ ދުވަހު ފުރަތަމަ ޑޯޒް ޖެހީ 412 މީހުންނެވެ. މީގެ ތެރޭގައި ހިމެނެނީ އަތޮޅު ތެރެއިން ފުރަތަމަ ޑޯޒް…
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިހުތިޖާޖުތައް ކުރުމަށް ތައްޔާރުވަމުންދާ ކަމަށް އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އާއި ބައްދަލު ކުރެއްވުމަށް އިދިކޮޅު ފަރާތްތަކުން މިއަދު ރައީސް އޮފީސް ސަރައްހައްދަށް ގޮސް ތިއްބަވާ މީޑިއާއަށް ދެއްވި އިންޓަރވިއުއެއްގައި ހީނާ ވިދާޅުވީ، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އިދިކޮޅު ފަރާތްތަކުން މަގުމައްޗަށް ނިކުތުމާ ގުޅޭ މަޝްވަރާތައް ކުރަމުންދާ ކަމަށެވެ. އަދި މީގެ ކުރިން މަގުމަތީގައި ކުރެއްވި އިހުތިޖާޖުތައް ހުއްޓާލަން ޖެހުނީ ކޮވިޑް މާލެ ސަރަހައްދުގައި…
ރައީސް ޔާމީންއަށް ކޮށްފައިވާ ހުކުމަކީ ޣައިރު ގާނޫނީ ހުކުމެއް ކަމަށް ފަނޑިޔާރުންގެ ބެންޗްގެ އަޣްލަބިއްޔަތު ބުނަމުންދާތީ އެ ހުކުމަކީ ބާތިލު ހުކުމެއް ކަމަށް ކަނޑައެޅުމާއެކު މިހާރުން މިހާރަށް ރައީސް އަބްދުﷲ ޔާމީން އެއްވެސް ޝަރުތަކާއި ނުލާ މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅުން ގަރާރެއް ހުށަހަޅައިފިއެވެ. ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރޝިޕުގެ ފަރާތުން ހުށަހަޅާފައިވާ ގަރާރުގައި ބުނެފައިވަނީ، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަކީ ޣައިރު ގާނޫނީ ހުކުމެއް ކަމަށް އެ ކޯލިޝަނުންނާއި…
ރާއްޖެއިން ހަރުކަށި ފިކުރު ނައްތާލުމަށް އިސްލާމް ކިޔަވައިދޭން ބޭރު ޓީޗަރުން ގެނައުމުގެ ވިސްނުން މިނިސްޓްރީ އޮފް އެޑިއުކެޝަނުން ގެންގުޅޭ ކަމަށް އެމްޑީޕީގެ މެއި ހައެއް ކޮމެޓީން ބުނެފިއެވެ. މެއި 6 ކޮމިޓީން ކުރަމުންދާ މަސައްކަތުގެ މައުލޫމާތު ދިނުމަށް ރޭ ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެ ކޮމެޓީގެ މުގައްރިރު ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ ރާއްޖޭގެ ސުކޫލްތަކުގައި އިސްލާމް މާއްދާ ކިޔަވައިދޭނެ ވަކި އިންސައްތައަކީ ބޭރު ޓީޗަރުންގެ ގޮތުގައި ހަމަޖެއްސުމުގެ…
ކޮވިޑްގެ ޕޮޒިޓިވް ކޭސްތައް ފެނި މިވަގުތުވެސް 17 ރަށެއް މޮނިޓަރިންގައި އޮތް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. މޮނިޓަރިންގައި އޮތް ރަށްތަކުގެ އަދަދު 17 އަށް އަރާފައިވަނީ މިއަދުގެ ވަގުތެއްގައި ރޯގާ ޖެހިގެން އދ. އަތޮޅުގެ ހޮސްޕިޓަލަށް ދެއްކި ފަރާތެއް ކޮވިޑް-19އަށް ފައްސިވުމުގެ ސަބަބުންނެވެ. މިވަގުތު މޮނިޓަރިންގައި އޮތް ރަށްތަކަކީ، ރ. ދުވާފަރު، ކ. ކާށިދޫ، ށ. ފީވައް، ދ. ކުޑަހުވަދޫ، އއ. ހިމަންދޫ، އދ. ހަންޏާމީދޫ، ހއ. އިހަވަންދޫ، ގއ. ކަނޑުހުޅުދޫ،…