ސިޔާސީ ޕާޓީތައް ޖޫރިމަނާ ކުރެވޭ ބިލް ތަސްދީގުކޮށްފި
ސިޔާސީ ޕާޓީތަކުން ގާނޫނާ ހިލާފު ކަމެއްކޮށްފި ނަމަ 100،000ރ. އާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ސިޔާސީ ޕާޓީގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުގެ ބިލު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ. ރައްޔިތުންގެ މަޖިލީހުން މި ބިލް ފާސްކުރީ މިމަހުގެ 13 ވީ ބުދަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާ ގައެވެ. މި ބިލުގެ ދަށުން ސިޔާސީ ޕާޓީގެ ދަފްތަރުގައި ރަޖިސްޓަރީކޮށްފައިވާ ކޮންމެ ޕާޓީއެއް، ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އުވާލެވޭ ހާލަތެއްގައި، އުވާލާފައިވާ…