އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ވެންޓިލޭޓަރުގައި
ހުޅުމާލެ ފޭސް ދޭއްގައި ރޭ ހިނގި އެކްސިޑެންޓެއްގައި ކުޑަކުއްޖެއްގެ ހާލު ސީރިއަސްވުމުން ފަރުވާދޭން ފަށައިފި އެވެ. ފުލުހުން ބުނީ ހުޅުމާލެ ފޭސް 2 ގައި ރޭ 01:50 ހާއިރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. އެ އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 18 އަހަރުގެ ކުއްޖަކަށް ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން ބުނީ އަނިޔާވި ޒުވާނާ އަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު، މިހާރު އަިއޖީއެމްއެޗަށް ބަދަލުކޮށްފައިވާ ކަމަށާއި އޭނާއަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި ބާއްވައިގެން…