ހުޅުދުއްފާރުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި
މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެ ރަށު ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި މުއައްސަސާތަކުގެ އިސްވެރިންނާ މަޝްވަރާކުރައްވައިފިއެވެ. މިއަދު ބޭއްވި ބައްދަކުރެއްވުމެއްގައި ހުޅުދުއްފާރުގެ ކައުންސިލަރުންވަނީ ހުޅުދުއްފާރުގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާ ގުޅޭ މަޢުލޫމާތު ރައީސް ޑރ. މުޢިއްޒާ ޙިއްޞާކުރައްވައިފައެވެ. އެގޮތުން، ސްކޫލްގެ ޖާގައިގެ ދަތިކަމާއި، ރަށަށް ދަނާލެއް ބޭނުންވާ ކަމަށާއި، ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯދައިދެއްވުމަށާއި، މަގު ހެދުމުގެ މަސައްކަތް އަވަސް ކޮށްދެއްވުމަށާއި،…









