ފެން ބިލަށް އަރާފައިވާ ޖޫރިމަނާ މާފުކޮށްދޭން ނިންމައިފި
ގޭބިސީތަކާއި ވިޔަފާރިތަކުގެ ފެން ބިލް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ ފައިސާ މައާފުކުރުމަށް އަނެއްކާވެސް އެމްޑަބްލިޔުއެސްސީން ނިންމައިފި އެވެ. މިކަން ހާމަކޮށް އެމްޑަބްލިޔުއެސްސީން ނެރެފައިވާ ބަޔާނެއްގައި ބުނީ ކަސްޓަމަރުންނަށް ފެން ބިލްތައްކަށް ފައިސާ ދެއްކުމަށް ލުއިފަސޭހަ މަގެއް ފަހިކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އެ ކުންފުނީގެ ޑޮމެސްޓިކް ކަސްޓަމަރުންނާއި ކޮމާޝަލް ޓެރިފް ކަސްޓަމަރުންގެ ބިލްތަކަށް، 31 ޑިސެމްބަރ 2025 ގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާ މައާފްކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ. މިގޮތުން، ޖޫރިމަނާ މައާފްކޮށްދެވޭނީ ޖޫރިމަނާ ނިސްބަތްވާ…









