ފުވައްމުލަކުގެ ދަތުރުފަތުރުގެ ޚިދުމަތްތައް ހަރުދަނާކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
ފުވައްމުލަކު ރައްޔިތުންނަށް ދެވޭ ދަތުރުފަތުރުގެ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދީ، އެ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާކުރުމަށްޓަކައި، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއާއި ފުވައްމުލައް ސިޓީ ކައުންސިލާ ދެމެދު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ. މި ފަހުމުނާމާގައި ސޮއިކުރެއްވުމުގެ ކުރިން، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު، މުޙައްމަދު އަމީން ވަނީ ފުވައްމުލައް ސިޓީ ކައުންސިލާ ބައްދަލުކުރައްވައި، ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. މި ބައްދަލުވުމަށްފަހު، ވަޒީރު އަމީން ވިދާޅުވީ، ފުވައްމުލަކު އެއަރޕޯޓުގެ ޚިދުމަތްތައް ފުޅާކުރުމުގެ އިތުރުން، އެއްގަމާއި…









