އިންސާނީ ވަގުފާރީގެ ޝިކާރަޔަކަށްވާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރަން އިސްކަމެއް ދެން: މާރިޔާ
އިންސާނީ ވަގުފާރީގެ ޝިކާރަޔަކަށްވާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ ކަމަށް، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ، އިންސާނީ ވަގުފާރިއާ ދެކޮޅަށް ބައިނަލްއަގްވާމީގޮތުން ފާހަގަކުރާ "ވަރލްޑް ޑޭ އެގެއިންސްޓް ޓްރެފިކިންގ އިން ޕަރސަންސް 2021" ގެ މުނާސަބަތުގައި، މިނިސްޓްރީ އޮފް ޑިފެންސުން މިއަދު ނެރުއްވި ބަޔާނުގައެވެ. އިންސާނީ ވަގުފާރިއަކީ އިންސާނީ ހައްގުތަކާ ދެކޮޅަށް ހިންގޭ ބޮޑު ޖަރީމާއެއްކަން ފާހަގަކުރައްވަމުން މިނިސްޓަރ ވަނީ އިންސާނީ…