ހިރިލަންދޫގައި މާރާމާރީއެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
ތ އަތޮޅު ހިރިލަންދޫގައި މާރާމާރީއެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ. ފުލުހުން ބުނީ، ތ ހިރިލަންދޫ ގެއެއްގެ ތެރެއަށް ވަދެ މާރާމާރީ ހިންގާފައިވާކަމުގެ މައުލޫމާތު ރޭ 22:00 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. މާރާމާރީއާ ގުޅިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހަކަށް އިންޒާރު ދިން މައްސަލައެއްވެސް ފުލުހުންނަށް ވަނީ ހުށައަޅާފަ އެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި މާރާމާރީއާ ގުޅިގެން 49 އަހަރުގެ މީހަކާއި 43 އަހަރުގެ މީހަކަށް އަނިޔާވެ ހިރިލަންދޫ ސިއްޙީ މަރުކަޒުގައި…