ގަވާއިދާ ހިލާފަށް ވޭޕް ވިޔަފާރިކުރަމުން ދިޔަ ބިދޭސީއަކު އަތުލައިގެންފި
އިމިގްރޭޝަންގެ ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތްކޮށް އަދި ގަވާއިދާ ހިލާފަށް ވޭޕް ވިޔަފާރިކުރަމުންދިޔަ ބިދޭސިއަކު އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ މި މަހު 12 ވަނަ ދުވަހު ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނާއި ރެސްޕޯންސް އެންޑް ޕެޓްރޯލް ގުޅިގެން ހިންގި އޮޕަރޭޝަންގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސް އިމިގްރޭޝަނާ ހަވާލުކޮށްފައިވަނީ ޗައިއޮން، ބަންގްލަދޭޝް (34އ) ކަމަށެވެ. އަދި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އޭނާ ދިރިއުޅޭ ތަން ބަލައިފާސްކުރިއިރު 959 ނެނޯ ސްޓިކާއި،…









