ކަލައިދޫ ރައްޔިތުންގެ ކަންބޮޑުވުން ކައުންސިލުން ރައީސް އާއި ހިއްސާ ކޮށްފި
ކަލައިދޫ ރައްޔިތުންގެ ކަންބޮޑުވުން ކައުންސިލުން ރައީސް އާއި ހިއްސާ ކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި މި ބައްދަލުކުރެއްވުމުގައި ކަލައިދޫ ކައުންސިލުން ވަނީ ރަށުގެ ތަރައްގީއަށް އެންމެ މުހިންމުކަންކަމާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވައި އެކަންކަމާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ކަލައިދޫ ބަނދަރުގެ ދަތިކަމާއި ކައުންސިލު އިދާރާ ބާވެ ދުވަސްވެފައި ވުމާއި އަދި ސްކޫލުގެ އުމްރާނީ ތަރައްގީށް ބޭނުންވާ ކަންކަމާއި ގުޅޭގޮތުން ކައުންސިލަރުންގެ ހުރި ކަންބޮޑުވުންތަކާއި އަދި ރަށުގެ…









