ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކިކޮށްފި
މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ އިހުތިސާސްގެ ތެރެއިން ފުލުހުންގެ މުއައްސަސާ ވަކިކޮށްފިއެވެ. ހޯމް މިނިސްޓަރަށް ރައީސް އޮފީހުން ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، ދިވެހި ފުލުހުންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ ދަށުން ކުރިން ހިގަމުންދާގޮތަށް ހަމަޖައްސާފައިވާ "މޯލްޑިވްސް ޕޮލިސް ސާވިސް" އަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ "ދިވެހި ފުލުހުންގެ ހިދުމަތް" ކަމުގައި އެ ގާނޫނުގައި ބަޔާން ކުރާތީއާއި، އެ ގާނޫނުގައި ދިވެހި ފުލުހުންގެ ހިދުމަތަކީ ވަކި މިނިސްޓްރީއެއްގެ ދަށުން…