މިއީ އެންމެ ޒިންމާދާރު މަޖިލީހަށްވާނެ ކަމަށް އުއްމީދުކުރަން: ރައީސް
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި އެންމެ ޒިންމާދާރު މަޖިލީހަށް ވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އެކްސްގައި ފޮނުއްވި މެސެޖެއްގައި ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ އޭޕްރީލް 21 ގައި މަޖިލީހަށް އިންތިހާބުވެވަޑައިގަތް މަޖިލީސް މެންބަރުންގެ ހުވާކުރުމުގެ ރަސްމިއްޔާތު މިއަދު ބޭއްވުމާއި ގުޅިގެން ނެވެ. ރައީސް ފޮނުއްވި މަރުހަބާގެ މެސެޖްގައި ވަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހިތުގެ އިހްލާސްތެރިކަމާއިއެކު މުބާރަކުބާދީ އަރުއްވާފަ…