ޓޫރިސްޓް ވިސާއާ ހިލާފުވި ދެ ބިދޭސީއަކު އަތުލައިގެންފި
ޓޫރިސްޓް ވިސާއާ ހިލާފުވި ދެ ބިދޭސީއަކު އަތުލައިގެންފި އެވެ. މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ ޖޯޑަންގެ 24 އަހަރުގެ ފިރިހެނަކާއި، ސީރިއާއަށް ނިސްބަތްވާ 19 އަހަރުގެ އަންހެނެކެވެ. މި ދެ ބިދޭސީން އަތުލައިގަތީ ޓޫރިސްޓު ވިސާގައި ރާއްޖެ އައިސް ގަވާއިދާ ހިލާފަށް ވިިޔަފާރި ކުރަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ. ދެ ބިދޭސީން ޑީޕޯޓު ކުރުމުގެ މަސައްކަތް މިހާރު އިމިގްރޭޝަނުން މިހާރު ވަނީ ފަށާފަ އެވެ.