އާ ރޭޓުގެ ބަދަލު ފެންނާނީ ޑިސްކައުންޓް ނުހިމެނޭ ބިލަކާ އަޅާކިޔުމުން: ސްޓެލްކޯ
އާ ޓެރިފް ރޭޓުގެ ހަގީގީ ބަދަލު ފެންނާނީ ޑިސްކައުންޓް ނުހިމެނޭ ބިލަކާ އަޅާކިޔުމުން ކަމަށް ސްޓެލްކޯ އިން މައުލޫމާތު ދީފިއެވެ. އަގުހެޔޮ ކުރެވުނު އާ ޓެރިފް ރޭޓުން މެއި މަހުގެ ބިލް ހެދުމުންވެސް، ބައެއް ކަސްޓަމަރުންނަށް އޭޕްރީލް މަހުގެ ބިލަށްވުރެ މެއި މަހުގެ ބިލު ބޮޑުވެފައިވާކަން ފާހަގަކުރެވިފައިވެއެވެ. މިގޮތަށް ފެންނަން މެދުވެރިވެފައިވަނީ އޭޕްރީލް މަހު ޚާއްސަ ޑިސްކައުންޓެއް ލިބިފައިވާތީ ކަމަށް ސްޓެލްކޯ އިން ބުނެއެވެ. އާ ޓެރިފް ރޭޓާއެކު ކަރަންޓު ބިލަށް އައިސްފައިވާ ހަގީގީ ބަދަލު ސާފުކޮށް…