ފުވައްމުލަކުގައި މާރާމާރީއެއް ހިނގައި، ޒުވާނެއްގެ އަނގަމަތި ފަޅާލައިފި
ފުވައްމުލައް ސިޓީގައި ހިނގި މާރާމާރީއެއްގައި ޒުވާނެއްގެ އަނގަމަތި ފަޅާލައި، ރޭ ޒަޚަމުކޮށްލައިފިއެވެ. މި މާރާމާރީގައި އަނިޔާވެފައި ވަނީ 18 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. ފުލުހުން މީޑިއާތަކަށް ބުނި ގޮތުގައި، އެ މައްސަލަ ރިޕޯޓުކޮށްފައި ވަނީ ރޭ 20:54 ހާއިރެވެ. އަނިޔާވި ޒުވާނާގެ އަނގަމައްޗާއި ނޭފަތް މަތި ފަޅައިގެން ގޮސްފައިވާއިރު، ކަނާއަތު ކޯމަތި ދުޅަވެފައިވާ ކަމަށާއި އިތުރު ކުދި އަނިޔާތައް ލިބިފައި ހުރި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ ޒުވާނާއަށް އިތުރު ފަރުވާ ދިނުމަށް މިހާރު ވަނީ…









