މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީގެ ޗެއާޕާސަންއަކަށް ޖިހާދު ހަމަޖައްސަވައިފި
މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީގެ ގަވާނިންގ ބޯޑު އެކަލަވާލައި ޗެއާޕާސަންއަކު އައްޔަނުކުރައްވައިފި އެވެ. މިކަން ހާމަކުރެއްވީ މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު އެވެ. އެގޮތުން ސައީދު ވިދާޅުވީ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީގެ ގަވާނިންގ ބޯޑު އުފައްދަވައި އެއިދާރާއިގެ ޗެއާޕާސަންއަކަށް ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު މިއަދު ރައީސް ޑރ މުހައްމަދު މުއިއްޒު އައްޔަނުކުރައްވާފައިވާ ކަމަށެވެ. އަދި އެންމެން ގުޅިގެން ކުރާ މަސައްކަތުން ރާއްޖޭގެ މާލީ ދާއިރާ…