ތުޅާދޫ އެއަރޕޯޓް މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި
ބ.ތުޅާދޫ އެއަރޕޯޓު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ބ.އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރޭގައި ހިމަނައިގެން ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގައި އެއަރޕޯޓް ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބެވެ. ބ.ތުޅާދޫ އެއަރޕޯޓު ތަރައްޤީކުރުމަށްޓަކައި 44.70 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުންވަނީ 2023 ވަނަ އަހަރު ކެޕިޓަލް މެރިން އެންޑް ކޮންސްޓްރަކްޝަނާއި ހަވާލުކޮށްފައެވެ. އެހެންނަމަވެސް އެމަޝްރޫޢުގެ ޢަމަލީ މަސައްކަތް ނުފެށި…