ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިކުރި 275 ހުށަހެޅުމަކަށް އެވޯޑު ދީފި
ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިކުރި 275 ހުށަހެޅުމަކަށް ރޭ އެވޯޑުދީފިއެވެ. ތިން ސަތޭކައަށް ވުރެ ގިނަ ބައިވެރިން 14 ކެޓަގަރީއަކުންނާއި 82 ސަބް ގިންތިން މި މައުރަޒުގައި ބައިވެރިވިއިރު، އެންމެ ގިނަ ހުށަހެޅުންތައް ހުށަހަޅާފައި ވަނީ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ. ރޭ އެ މައުރަޒުގައި ބައިވެރިވި މީހުންނަށް އިނާމު ދިނުމަށް ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ އެކި ދާއިރާތަކުން އެއްވަނަ ހާސިލުކުރި މީހުންނާއި މުޅި މައުރަޒުން އެންމެ މަތިން…