ބީއެމްއެލުން ލަންކާއަށް 25،000 ޑޮލަރު ހަދިޔާކޮށްފި
ރާއްޖޭގެ މީޑިއާތަކާއި ގުޅިގެ ޕީއެސްއެމުން މިހާރު ކުރިއަށްގެންދާ "ސިލޯނާއެކު ދިވެހިން" ޓެލެތޯންއަށް ބީއެމްއެލްއިން 25،000 ޑޮލަރު ހަދިޔާކޮށްފި އެވެ. އެ ފައިސާގެ ޗެކް ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޔާމީން ރަޝީދާ ހަވާލުކޮށްދެެއްވީ ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މުހައްމަދު ޝަރީފް އެވެ. މި ޓެލެތޯންގައި ބައިވެރިވެ، ފައިސާގެ އެހީ ދިނުމުގެ ފުރުސަތު ހުރިހާ ދިވެހިންނަށާއި ޖަމިއްޔާ، ޖަމާއަތްތަކާއި ކްލަބްތަކާއި އޮފީސްތައް ފަދަ ހުރިހާ ތަންތަނަަކަށް ވެސް އޮތީ ހުޅުވާލައިފަ އެވެ. މި ޓެލެތޯނުގައި…









