ބަނގުރަލުގެ ވިޔަފާރިކުރާ ބިދޭސީންތަކެއް ހައްޔަރުކޮށްފި
ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން 7 ބިދޭސީއަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ މި ހަތް މީހުން ހައްޔަރުކުރީ ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމެންޓް ޔުނިޓުން މިދިޔަ ބުރާސްފަތި ދުވަހާއި އިއްޔެ ހިންގި އޮޕަރޭޝަންތަކެއްގައި ކަމަށެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި ހަތަރު މީހުންނަކީ ބިބަސް ރާއި (24އ) އާއި، ޑެބި ތަމަންގް (39އ) އާއި، ޕްރަތިޗާ ކަރްކީ ލިމްބް (31އ) އަދި ލަކްސްމީ…









