މިއަދު ޕޮޒިޓިވްވީ 113 މީހުން
މިއަދު ރާއްޖެއިން ކޮވިޑް 19 އަށް ޕޮޒިޓިވްވީ 113 މީހުން ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އެގޮތުން މާލެ ސަރަހައްދުން މިއަދު ޕޮޒިޓިވްވެފައިވަނީ 42 މީހުންނެވެ. އަތޮޅު ތެރެއިން ވަނީ 60 މީހުން ޕޮޒިޓިވްވެފައެވެ. އަދި ރިސޯޓްތަކުންވެސް މިއަދު ވަނީ 11މީހުން ޕޮޒިޓިވްވެފައެވެ. މިހާތަނަށް ރާއްޖެއިން މިބަލި ޖެހިފައިވާ މީހުންގެ ޖުމުލަ އަދަދަކީ 80،791 އެކެވެ. މިހާރު މިބައްޔަށް ފަރުވާ ކުރަމުންދަނީ 1،658 މީހުންނެވެ. މިވަގުތ ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދަނީ 16 މީހުނަށެވެ.…