ރާއްޖެ އައި މީހެއްގެ އަނގަ ތެރެއިން މަސްތުވާތަކެތި ފެނިގެން ހައްޔަަރުކޮށްފި
ރާއްޖެ އައިއިރު އަނގަ ތެރޭގައި މަސްތުވާތަކެތި ފޮރުވައިގެން އެތެރެ ކުރަން އުޅުނު މައްސަލައެއްގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ފުވައްމުލަކަށް ނިސްބަތްވާ މުހީން އިބްރާހިމް ދީދީ، 34އ. އެވެ. ފުލުހުން ބުނީ ، މިދިޔަ އާދީއްތަ ދުވަހު ވައިގެ މަގުން ރާއްޖެ އައި މުހީން ހައްޔަރުކޮށްފައިވަނީ ހަށިގަނޑުގައި މަސްތުވާތަކެތި ފޮރުވައިގެން އެތެރެ ކުރަން އުޅުނު މައްސަލައިގައި ކަމަށެވެ. ފުލުހުން ބުނީ، އޭނާގެ ހަށިގަނޑުން ޓްރެފިކިން މިންގަނޑަށް ފެތޭ ވަރަށް މަސްތުވާތަކެތި ކަމަށް…









