އައްޑޫ ސިޓީ ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ރައީސް ބައްދަލުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙު ޏ ފުވައްމުލައް ސިޓީ އަށް ކުރެއްވި ދަތުރުފުޅުގައި އެ ސިޓީގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ މެމްބަރުންނާ ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލު ކުރެއްވުން އޮތީ ހޮނިހިރު ދުވަހުގެ ހެނދުނުއެވެ. މި ބައްދަލު ކުރެއްވުމުގައި ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ ކައުންސިލަރުން ދާދިފަހުން ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށް ފާހަގަކުރި ގިނަ ކަންކަމަށް ޙައްލު ހޯއްދަވާދެއްވާފައިވާތީ އެކަން ޝުކުރުވެރިކަމާއެކު ފާހަގަކޮށްފައެވެ. މި ބައްދަލުކުރެއްވުމުގައި ސިޓީ ކައުންސިލުން ވަނީ ސިޓީގެ ތަރައްޤީއަށް…