ތޫނު އެއްޗަކުން ދިވެއްސަކަށް ހަމަލާދިން ބިދޭސީ މީހާގެ ބަންދަށް 15 ދުވަސް
އިއްޔެ ހުޅުމާލޭގައި ދިވެއްސަކަށް ހަމަލާދިން ބިދޭސީ މީހާގެ ބަންދަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން މިއަދު 15 ދުވަސް ޖަހައިފިއެވެ. ފުލުހުން މީޑިއާތަކަށް މައުލޫމާތު ދިންގޮތުން އިއްޔެ ހަވީރު ބިދޭސީއަކު ތޫނު އެއްޗަކުން ދިވެއްސަކަށް ހަމަލާ ދިނީ ލަންސިމޫ މަގުގައެވެ. ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަކުރި މީހާ މިއަދު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރި ކަމަށާއި އޭނާގެ ބަންދުގެ މުއްދަތު ޖަހައިފައިވާ ކަމަށެވެ. ފުލުހުން އިއްޔެ ބުނީ އެ ހާދިސާގައި އަނިޔާވި މީހާއަށް ފަރުވާ ދޭން ގެންދިޔައީ…