މިނިވަންކަމަށް ލޮޅުން އަރާނެ ކަމެއްގައި ފަރުވާކުޑައެއް ނުކުރާނަން: ރައީސް
ދިވެހި ގައުމުގެ މިނިވަންކަމަށް ލޮޅުމެއް އަރައިފާނެ އެއްވެސް ކަމެއްގައި ފަރުވާކުޑަނުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރިޔާސީ ބަޔާން އިއްވުމަށް މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށްޓަކައި ވެވަޑައިގެންނެވި އެންމެ މުހިއްމު އެއް ވައުދަކީ މިނިވަންކަމާއި އަމިއްލަވަންތަކަށް ހިފަހައްޓައިދިނުން ކަމަށެވެ. "މި ލޮބުވެތި ގައުމުގެ މިނިވަންކަމަށް ކުޑަވެސް ލޮޅުމެއް އަރައިފާނެ ކަމަކަށް ދޫނުދިނުމަކީ އަޅުގަނޑުގެ އަޒުމް. އެއީ އަޅުގަނޑުގެ އަމިއްލަ ނަފުސުގެ މައްޗަށް އަޅުގަނޑު ލާޒިމުކުރާ، ދުވަހަކުވެސް…