މިއަދު ހަވީރު 4އިން 8އަށް މާލޭގެ މަގުތަކުގައި ދުއްވުން މަނާ!
މިއަދު ހަވީރު 4އިން މިރޭގެ 8އަށް މާލޭގެ މަގުތަކުގައި ދުއްވުން މަނާކޮށް ފައިމަގުގައި އުޅޭގޮތަށް ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. މީގެ ކުރިންވެސް އެކި މުނާސަބަތުތަކާއި ގުޅިގެން މާލޭގެ މަގުތަކުގައި ވަކި ވަގުތެއް ފައިމަގުގައި އުޅޭގޮތަށް ހަމަޖައްސާ އެކަން އެގޮތަށް ކުރަމުން އާދެއެވެ. ނަމަވެސް ކޮވިޑްގެ ބަލިމަޑުކަން ފެތުރެން ފެށިފަހުން ފައިމަގުގައި އުޅޭވަގުތެއް ކަނޑައެޅި މީ ފުރަތަމަ ފަހަރެވެ. މާލެ ސިޓީ ކައުންސިލުން ބުނެފައިވަނީ މިގޮތަށް ދުއްވާ އެއްޗެހި ދުއްވުން މަނާކޮށް ފައިމަގުގައި އުޅޭ ވަގުތު ހަމަޖެއްސީ…