ރައްޔިތުންގެ ކަންބޮޑުވާ ކޮންމެ ކަމަކީ އޮފިސަރުންގެ ކަންބޮޑުވުމެއްކަން އަމަލާއި ބަހުން ދައްކަން އެބަޖެހޭ: ސީޕީ
ރައްޔިތުންގެ ކަންބޮޑުވާ ކޮންމެ ކަމަކީ ތިޔަ އޮފިސަރުންގެ ކަންބޮޑުވުމެއްކަން އަމަލާއި ބަހުން ދައްކަން އެބަޖެހޭކަމުގައި ފުލުހުންގެ ކޮމިޝަނަރު، އަލީ ސުޖާއު ވިދާޅުވެއްޖެ އެވެ. ސީޕީ މިހެން ވިދާޅުވީ، ފުލުހުންގެ 36 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ވައި ވާހަކަފުޅު ދައްކަވަމުންނެވެ. ސުޖާއު ވިދާޅުވީ މިހާރު މިއޮތީ ކޮންމެ ފުލުހަކު ވަކިވަކީން ވެސް މަސްތުވާތަކެތި ހުއްޓުވުމަށް މަސައްކަތް ކުރާންޖެހޭ ހިސާބަށް ކަންކަން ގޮސްފައި ކަމަށެވެ. އެހެންކަމުން މަސައްކަތުގައި ހީވާގިވުމަށް ސުޖާއު ފުލުހުންނަށް ނަސޭހަތްތެރިވި އެވެ. "ގައުމުދެކެ…