"ލާމަރުކަޒީ ނިޒާމު ކާމިޔާބުކުރެވޭނީ އަތޮޅުތެރެއަށް ޚިދުމަތްކޮށްދޭނެ ފަންނީ މީހުން ބިނާކޮށްގެން"
ލާމަރުކަޒީ އުސޫލު ކާމިޔާބު ކުރެވޭނީ އަތޮޅުތެރޭގައި ޚިދުމަތް ފޯރުކޮށްދޭނެ ފަންނީ ތައުލީމީ ދިވެހިން އުފެއްދިގެންކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ޙަސަން ވިދާޅުވެއްޖެއެވެ. ހަޔަރ އެޑިއުކޭޝަން މިނިސްޓަރ މިހެން ވިދާޅުވީ، ޑޮކްޓަރުން ސްޕެޝަލައިޒްވުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ތަޢާރަފުކުރި ޚާއްޞަ ސްކޮލަރޝިޕް ސްކީމާއި ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ. ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ތަޢާރަފުކުރި މެޑިކަލް ޑޮކްޓަރސް ސްޕެޝަލައިޒޭޝަން ސްކޮލަރޝިޕް 2022 އަކީ ޤައުމުގެ ތަރައްޤީއަށް ބޭނުންވާ މީހުން ބިނާކުރުމުގެ ސިޔާސަތުގެ ދަށުން ސުޕަރސްޕެޝަލްޓީ އަދި ސްޕެޝަލައިޒްޑް…