މަޖިލީހުގެ އިދާރާއަށް މިޔުޒިކް ޕްރޮޑިއުސަރެއް ހޯދަނީ
ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް އަމިއްލަ މިއުޒިކް ޓްރެކްތަކެއް ހަދައިދޭނެ މިއުޒިކް ޕްރޮޑިއަސަރެއް ހޯދަން އިއުލާންކޮށްފިއެވެ. މަޖިލީހުން ކުރި އިއުލާނެއްގައި ބުނީ އެ އިދާރާއިން އުފައްދާ ވީޑިއޯތަކުގައި ބޭނުން ކުރުމަށް އެ އިދާރާއަށް ފުރިހަމަ ކޮޕީރައިޓްސްގެ ހައްގު އޮންނަ އަމިއްލަ މިއުޒިކް ޓްރެކްތަކެއް ހަދަން ބޭނުންވާ ކަމަށެވެ. މި މަސައްކަތަށް ބީލަން ހުށަހަޅަން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިމަހުގެ ނުވަ ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ. ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ މަރޗް 15 ވާ އަންގާރަ…