ނިމުނު 40 އަހަރުވެސް ނުހިނގާ ތަރައްގީ މިހާރު މިރަށުގައި އެބަ ހިނގާ: އަގޮނޅިތީމް ކައުންސިލް
މި ވޭތުވެދިޔަ ސާޅީހަކަށް އަހަރުގެ ދިގު ތާރީހުގައިވެސް ނުހިނގާވަރަށް އެއްފަހަރާ ޕްރޮޖެކްޓްތައް އެރަށުގައި މިހާރު މިސަރުކާރުން ކުރިޔަށްގެންދާ ކަމަށް ރ. އަނގޮޅިތީމު ކައުންސިލުން ބުނެފިއެވެ. މިއަދު މެންދުރުފަހު ރައީސުލްޖުމުހޫރިއްޔާ އާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ޕްރޮޖެކްޓްތައް ހިނގަމުންދާއިރު އުފެދޭ ކުނިބުނި މެނޭޖުކުރުމުގައި ހުރި ދަތިތަކާއި ރަށުން ކުނިގެންދިއުމަށް ފަސޭހައަކަށް ޓީޖެޓީއެއް ހެދުމާއި މޫދަށްއެރޭ ސަރަޙައްދެއް ތަރައްގީކުރުމާއި މި ނޫންވެސް ރަށުގެ އިޖްތިމާޢީ އިގްތިސާދީ ތަރައްގީގެ މުހިންމު ކަން ފާހަގަކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި…