ޞިއްޙީ ދާއިރާއަށް ފަންނީ އެހީތެރިކަން ހޯދުމަށް ޕާކިސްތާނާއެކު މަޝްވަރާކޮށްފި
ޞިއްޙީ ވުޒާރާގެ އިސްވެރިން ޕާކިސްތާނުގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތު (އެންއައިއެޗް) އަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ. މިއީ ޞިއްޙީ ވުޒާރާގެ އިސްވެރިން ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރެއްވި ޒިޔާރަތެކެވެ. މި ޒިޔާރަތުގައި އެންއައިއެޗްގެ ޗީފް އެގްޒެކެޓިވް އޮފިސަރާއި ޓެކްނިކަލް އޮފިޝަލުންނާ ބައްދަލުކުރައްވާފައިވެއެވެ. ޞިއްޙީ ވުޒާރައިން ހާމަކޮށްފައިވާ ގޮތުގައި މި ބައްދަލުވުމުގައި އެންމެ ބޮޑަށް އަލިއަޅުވާލާފައިވަނީ ރާއްޖޭގެ އާންމު ސިއްޙަތުގެ ނިޒާމާއި ކެޕޭސިޓީ ހަރުދަނާ ކުރުމަށްޓަކައި ދެފަރާތުގެ އެއްބާރުލުން ދިނުމާ…