ހައްޖު ކޯޕަރޭޝަނުގެ "މުވައްޒަފުންގެ ސްކީމް"ގައި އީސީން ބައިވެރިވެއްޖެ
ހައްޖާއި އުމްރާ އަށް ދިޔުމަށް ފައިސާ ރައްކާ ކުރެވޭނެ ފަސޭހަ އިންތިޒާމެއް ހަމަޖައްސައި ދިނުމުގެ ގޮތުން ހައްޖު ކޯޕަރޭޝަނުން ތައާރަފް ކޮށްފައިވާ "މުވައްޒަފުންގެ ސްކީމް"ގައި އިލެކްޝަންސް ކޮމިޝަނުން ބައިވެރިވެ، އެއްބަސްވުމުގައި ސޮއި ކޮށްފި އެވެ. އީސީގެ މައި އިދާރާގައި މިއަދު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި އެ ކޮމިޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ އުނައިސްއެވެ. އަދ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލެވެ. މި ސްކީމްގައި…









