އޭސީސީން އިސްތިއުފާ ދެއްވުމަށްފަހު އަޝްރަފް ޓެންޑަރ ބޯޑުގެ ޗެއަރ އަކަށް
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މެންބަރެއްގެ ޒިންމާ އަދާނުކުރާކަމުގެ ތުހުމަތު ކުރެވިފައި ވަނިކޮށް އޭސީސީގެ މެންބަރު ކަމުން އިސްތިއުފާދެއްވި އަލީ އަޝްރަފް ޓެންޑާ ބޯޓުގެ ޗެއާޕާސަން ކަމަށް ހަމަޖައްސައިފި އެވެ. ޓެންޑާ ބޯޑަކީ ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ދައުލަތުގެ ޕްރޮކިއުމަންޓުގެ ކަންކަން ހިންގާ ބަލަހައްޓާ މައި އިދާރާއެވެ. އެބޯޑަށް މެންބަރުން އައްޔަން ކުރައްވަނީ ފިނޭންސް މިނިސްޓަރެވެ. ދައުލަތުގެ ޕްރޮކިއުމަންޓުގެ ކަންކަމާ ގުޅޭ ގޮތުން ހަދަން ޖެހޭ އެންމެހާ އުސޫލުތައް އެކުލަވާލުމާއި ފަސް މިލިއަން ރުފިޔާއަށް…