ބަންދުގައި ހުރި މީހާ ނިޔާވި މައްސަލަ ބަލާނެ: ޕީޖީ
ބަންދުގައި ހުރި މީހާ ނިޔާވި މައްސަލަ ބަލާނެ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ. ބުދަ ދުވަހުގެ ރޭ 7 ޖެހިއިރު ނޭވާލާން އުނދަގޫތަކެއް ހުރުމުން އެމަޖެންސީ ހާލަތުގައި އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުންދިޔަ އިސްމާޢީލް ޝަބީން (46 އަހަރު)، ހާލު ދެރަވެ އައިސީޔޫއަށް ބަދަލުކޮށް ފަރުވާ ދެމުން ދަނިކޮށް ރޭ ނިޔާވެފައިވާ ކަމަށެވެ. މިމީހާ ނިޔާވި ކަން ހޮސްޕިޓަލުން ހާމަކޮށްދީފައިވަނީ 7:30ގައި ކަމަށާއި މިމީހާއަކީ ހަކުރު ބައްޔަށް ބޭސްކުރަމުންދިޔަ ފަރާތެއް ކަމަށް ކަރެކްޝަންސްއިން ވަނީ…









