ސަފީރު ގީލާ، ބެލްޖިއަމްގައި ހުންނަވާ ނޭޕާލް ސަފީރު އާ ބައްދަލުކުރައްވައިފި
ދިވެހިރާއްޖެއިން ބެލްޖިއަމް އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލްފާޟިލާ ޤީލާ ޢަލީ، ނޭޕާލް އިން ބެލްޖިއަމް އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ގަހެންދުރަ ރަޖްބަންޑާއި އާ ބައްދަލުކުރައްވައިފިއެވެ. ބެލްޖިއަމްގައި ހުންނަ ނޭޕާލް އެމްބަސީގައި ބޭއްވި މި ބައްދަލުކުރެއްވުމަކީ، ސަފީރު ޤީލާ، ސަފީރު ކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ތަޢާރަފްވެ ވަޑައިގެންނެވުމުގެ ގޮތުން ބޭއްވުނު ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ދެޤައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމުގެ ތެރެއިން ޞިއްޙީ، ވިޔަފާރި އަދި ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ދެ ސަފީރުން…