މަހާޖައްރާފަށް ކައްޕިން ހޯދަނީ، އެއްލައްކަ ރުފިޔާއަށްވުރެއް ބޮޑު މުސާރައެއް
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެމްޓީސީސީއަށް ގަތް ކޮންނަ ބޯޓު "މަހާޖައްރާފު" ދުއްވާނެ ކެޕްޓަނުން ހޯދަން އިއުލާންކޮށްފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެމްޓީސީސީއަށް ގަތް ކޮންނަ ބޯޓު "މަހާޖައްރާފު" ދުއްވާނެ ކެޕްޓަނުން ހޯދަން އިއުލާންކޮށްފި އެވެ.
ގްރޭޑު އެކެއްގެ ދަރިވަރުންނަށް އުނގަންނައިދޭން ބޭނުންކުރާ ގުރުއާން ފޮތް ޕްރިންޓު ކުރިއިރު ދެ އާޔަތެއް އެކުވެފައި އޮތްކަން ފާހަގަކުރެވި އެ ސޮފްހާ ބަދަލުކުރަން މަސައްކަތް ކުރަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
މިއަދު އަޅުގަނޑުމެންނަށް މިފެންނަނީ ރާއްޖޭގައި އާދަޔާ ހިލާފަށް ސަލާން ޖަހާތަން ކަމަށާއި މިއަދު ސަލާން ޖަހާވަރަށް އާއިލާތަށް ބިކަވެފައި ތިބިކަން އިޙްސާސްވާ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. އިދިކޮޅު ފަރާތްތަކުން މިރޭ ކުރިއަށް ގެންދިޔަ އައްޑަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ، މިއަދު މަސްވެރި އަތޮޅަކަށް ދިޔައީމަ މަސްވެރިން އުޅޭ ހާލު އެނގިގެންދާ ކަމަށާއި ތެލުގެ އަގު ބޮޑުކޮށް ބަހައްޓާ މަސް ގަންނަ އަގު ކުޑަކުރަނީ ކަމަށެވެ. އަދި ކޮވިޑްގެ ބަލިމަޑުކަމުގެ…
ގުޅީފަޅުން މާލޭ ރައްޔިތުންނަށް ގޯތިދެވިދާނެގޮތުގެ ޕްލޭން މޭޔަރ ޑރ. މުހައްމަދު މުޢިއްޒު ހުށަހަޅުއްވައިފިއެވެ. މާލޭ ސިޓީގެ ގެދޮރުވެރިކަމާބެހޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ބައްދަލުވުން މާލޭ ސިޓީ ކައުންސިލުން ވަނީ ރޭ ބާއްވައިފައެވެ. މާލޭ ސިޓީގެ ތަރައްޤީގެ ޕްލޭނާއި، ފައިނޭންޝަލް ޕްލޭނާއި، އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއި، އެކްޝަން ޕްލޭނަށް ޚިޔާލު ހޯދުމުގެ އަވަށު ބައްދަލުވުންތައް ބޭއްވުމަށްފަހު ގެދޮރުވެރިކަމާބެހޭގޮތުން ޚިޔާލު ހޯދުމަށް ބޭއްވި މި ބައްދަލުވުން އޮތީ 2 ސެޕްޓެމްބަރ 2021 ވަނަދުވަހުގެރޭ އިމާދުއްދީން ސްކޫލު ހޯލުގައެވެ. މިބައްދަލުވުމުގައި…
މިއަދު ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވީ 173 މީހުން އެޗްޕީއޭއިން ބުނެފިއެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މާލެ ސަރަހައްދުން މިއަދު ޕޮޒިޓިވްވީ 68 މީހުންނެވެ. އަތޮޅު ތެރެއިން މިއަދު ޕޮޒިޓިވްވީ 89 މީހުންނެވެ. ރިސޯޓްތަކުން ޕޮޒިޓިވްވީ 16 މީހުންނެވެ. މިވަގުތު ރާއްޖޭގައި ކޮވިޑް ބަލީގެ 1895 މީހުން އެބަތިއްބެވެ. ޖުމުލަ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 89،474 މީހުންނެވެ. މިވަގުތު 24 މީހުންނަށް ދަނީ ހޮސްޕިޓަލްތަކުގައި އެޑް މިޓް ކޮށްގެން ފަރުވާ ދެމުންނެވެ. 226…
އެމްޑީޕީ އޮފީސްތެރޭގައި މާރާމާރީ ހިންގުން ބަލައެއް ނުގަނެވޭނެ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އޮފީސްތެރޭގައު މާރާމާރީ ހިންގި މީހުން ހައްޔަރުކޮށް އަނިޔާ އާއި ގެއްލުންވި ފަރާތްތަކަށް އިންސާފު ލިބެންޖެހޭނެ ކަމަށެވެ. ނަޝީދު ވިދާޅުވީ، އޮފީހުގެ މުވަސްޒަފުންގެ ތެރެއިން ޝާމިން އާއި މަންދީޒުބައިރު އަށް އަވަސްޝިފާއަކަށް އެދޭ ކަމަށެވެ. އެމްޑީޕީ އޮފީސް ތެރޭގައި ހިންގި މާރާމާރީގައި އަނިވެފައިވަނީ 50 އަހަރުގެ އަންހެނަކަށް ކަމަށް މައުލޫމާތުލިބެއެވެ. މިމީހާއަށް މިހާރު އޭޑީކޭ ހޮސްޕިޓަލުގައި…
އިތުރަށް މުސާރަ ޖަމާވި 100 އެއްހާ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ހިފަހައްޓަން ފިނޭންސް މިނިސްޓްރީން ބޭންކުތަކަށް އަންގައިފި އެވެ.
ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން މަގުމަތީގައި ކުނި ނުބެހެއްޓުމަށާއި އެދުވަހުން ފެށިގެން އެއްވެސް ގޭބިސީއަކުން މަގުމައްޗަށް ކުނި ނުނެރުމަށް ވެމްކޯއިން އިލްތިމާސްކޮށްފިއެވެ. ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފުރަމާލެ ސަރަހައްދުގެ އާއްމު ހާލަތު ރަނގަޅުވަމުންދިއުމާއި މިކަމަށް ރިއާޔަތްކޮށް އެ ކޯޕަރޭޝަނުން މާލެ ސަރަހައްދުގެ ގޭބިސީތަކަށް ފޯރުކޮށްދެމުންދާ ކުނި ނެގުމުގެ ހިދުމަތްތަކަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށެވެ. މި ގޮތުން 15 ސެޕްޓެމްބަރުން ފެށިގެން މާލެ ސަރަަހައްދުގައި ދިރިއުޅޭ ވެމްކޯގެ ކަސްޓަމަރުން ކުނި ނެރެންވާނީ ހަވީރު…