މުރައިދޫ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި
ހއ. މުރައިދޫގައި ގާއިމު ކުރަން ނިންމާފައިވާ ފުލުހުންގެ މަރުކަޒުގެ ބިންގާ މިއަދު އަޅައިފި އެވެ. އެތަނުގެ ބިންގާ އެޅީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތިލަދުންމަތީގެ 10 ރަށަކަށް ފެއްޓެވި ދަތުރުގެ ތެރެއިން އެންމެ ފުރަތަމަ މުރައިދު އަށް ވަޑައިގަތުމާ އެކީގަ އެވެ. އެގޮތުން އެ ރަށުގެ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައި ދެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނެވެ. އެ ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވެސް ބައިވެރިވަޑައިގަތެވެ. ރައީސް މިދިޔަ ހަފުތާގައި…