ސުކޫލް ފޮތްތަކުން ފެންނަ ގޯސްތައް، އިދިކޮޅުން ސިފަ ކުރަނީ ގަސްތުގައި ކުރާ ކަމެއް ކަމަށް
އެކި ގްރޭޑްތަކުގެ ސުކޫލް ފޮތްތަކުން ފެންނަ ގޯސްތައް، ސަރުކާރުން ގަސްތުގައި ކުރާ ކަމެއްގެ ގޮތުގައި އިދިކޮޅުން ސިފަކޮށްފިއެވެ. ދަރިވަރުންނަށް އުނގަންނައިދޭން ބޭނުންކުރާ ބައެއް ގުރުއާން ފޮތް ޕްރިންޓު ކުރިއިރު ދެ އާޔަތެއް އެކުވެފައި އޮތްކަން ފާހަގަކުރެވި އެ ސޮފްހާ ބަދަލުކުރަން މަސައްކަތް ކުރަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. މިކަމާ ގުޅިގެން މިއަދު އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޑުއްވަރީ ދާއިރާގެ މެމްބަރު ވިދާޅުވީ އެއް ފޮތަށްވުރެ ގިނަ ފޮތުން ކުށް ފެނިގެން ދިއުމަކީ ތައުލީމީ…