އެކްސިޑެންޓްގައި އަނިޔާވި އީމާން ނިޔާވެއްޖެ: އޭޑީކޭ
ހުޅުމާލޭގައި ހިނގައިދިޔަ ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއްވި މާލެ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރު އައިމިނަތު އީމާން ނިޔާވެއްޖެ އެވެ. އޭޑީކޭ ހޮސްޕިޓަލުން ބުނީ އީމާން ނިޔާވީ މިއަދު ހެނދުނު 07:45 ކަންހާއިރު ކަމަށެވެ. އީމާންއަށް އަނިޔާވީ ހޮނިހިރު ދުވަހު ހުޅުމާލޭގައި ކުލަ ނުލައި ހުރި ބަންޕަރެއް މަތިން ބާރު ސްޕީޑުގައި ސައިކަލް ދުއްވާފައި ދަނިކޮށް ކަހާލުމުގެ ސަބަބުންނެވެ. އެ އެކްސިޑެންޓުގައި އީމާންގެ ބޮލަށް ބޮޑެތި އަނިޔާތަކެއްވެ، ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށް…









