ރަސްމީ ދަތުރެއްގައި މިނިސްޓަރު ހަލީލު ލަންކާއަށް
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ރަސްމީ ދަތުރެއްގައި މިއަދު ސްރީލަންކާއަށް ފުރާވަޑައިގެންފިއެވެ. މިދަތުރުފުޅަކީ ލަންކާގެ ފޮރިން މިނިސްޓަރު އެމްއެޗް ވިޖީތާ ހެރަތުގެ ދައުވަތަކަށް ކުރާ ދަތުރެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ. މި ދަތުރުގައި މިނިސްޓަރު ހަލީލު، ލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔަކަ އާއި ބޮޑުވަޒީރު ޑރ. ހަރީނީ އަމަރަސޫރިޔާ ގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތް ކުރައްވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ފޮރިން މިނިސްޓަރު ހެރަތާއެކު ރަސްމީ މަޝްވަރާތައް ވެސް ބޭއްވުމަށް ވަނީ…