ނަޑެއްލާގެ ތަރައްގީއަށް ބޭނުންވާ ގިނަ ކަންކަން މިއަހަރު ފަށަނީ
ގދ. ނަޑެއްލާގެ ތަރައްގީ އަށް ބޭނުންވާ ގިނަ ކަންކަން މިއަހަރު ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނަޑެއްލާގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ނަޑެއްލާ އަށް އެންމެ މުހިއްމީ ބަނދަރުގެ މައްސަލަ އަށް ހައްލެއް އައުން ކަމަށާއި އެއީ މިހާރު ރަށުގެ ތަރައްގީ އަށް ބަލާއިރު ބޭނުން ކުރެވޭ ވަރުގެ ބަނދަރެއް ނޫން ކަމަށެވެ. އެގޮތުން މި މަހުގެ ތެރޭގައި…