މަތީ ތަޢުލީމާއި ފަތުރުވެރިކަން ކުރިއެރުވުމާ ގުޅޭގޮތުން އިނގިރޭސި އައު ސަފީރާ މަޝްވަރާކުރައްވައިފި
ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު މަތީ ތަޢުލީމާއި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމާ ގުޅޭގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތުގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސަލަންސީ ނިކޮލަސް ޑޭވިޑް ލޯ އާ މަޝްވަރާކުރައްވައިފިއެވެ. މިގޮތުން ހިޒް އެކްސަލަންސީ ނިކޮލަސް ޑޭވިޑް ލޯ، އެ މަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުޢިއްޒަށް އެރުވުމަށްފަހު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ދޭދޭ ގުޅުން އިތުރަށް ވަރުގަދަކޮށް، ދެ ޤައުމު…