ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސައިބަރ އެވެއާނެސް ސެޝަނެއް ކުރިއަށް ގެންގޮސްފި
އަޑުއެހުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ލޮލުގެ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ސައިބަރ އެވެއާނެސް ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ. “އެކުރެވި ފުލުހުން” ނަމުގައި މުޅި ރާއްޖެގައި ކުރިއަށް ގެންދާ މި ޙަރަކާތަކީ، ސައިބަރ އެވެއާނެސް މަހާ ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަނެކެވެ. ނުކުޅެދުންތެރިކަން ހުންނަ ވީހާވެސް ގިނަ ބަޔަކު މި ސެޝަންގައި ބައިވެރިކުރުމުގެ ގޮތުން ގޫގަލް މީޓް މެދުވެރިކޮށް ބައިވެރިވެވޭނެ އިންތިޒާމު ވެސް ހަމަޖައްސާފައިވާއިރު، މި ސެޝަންގައި ހިއްސާކުރި މައުލޫމާތު އިޝާރާތްބަހުން ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.…

















