މާލޭގަ ރަށްވެހިވިތާ އެއް އަހަރު ނުވިޔަސް ގޯއްޗާއި ފުލެޓަށް އެދެވޭ ގޮތަށް އުސޫލު ބަދަލުކޮށްފި
މާލޭގެ ރަށްވެއްސަކަށް ވީތާ އަދި އެއް އަހަރު ދުވަސް ހަމަނުވި ނަމަވެސް، މާލޭގައި ދިރިއުޅޭތާ ޖުމްލަ 15 އަހަރު ވެފައިވާ ފަރާތްތަކަށް ސަރުކާރުގެ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން ފްލެޓާއި ގޯއްޗަށް ކުރިމަތިލެވޭނެކަމަށް މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ބުނެފިއެވެ. އެ މިނިސްޓްރީން މިއަދުކުރި އިއުލާނެއްގައި ބުނީ މާލޭގައި ރަށްވެހިވިތާ އެއް އަހަރު ނުވާ ފަރާތްތަކަށް ވެސް އެޕްލައި ކުރެވޭ ގޮތަށް މިހާރު ފޯމަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން މާލޭގައި މެދުނުކެނޑި…

















